ސައިކަލެއްގައި ދިޔަ އަންހެނެއްގެ އަތުން ވޮލެޓާއި ފޯނު ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މިދިޔަ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ލޮނުޒިޔާރަތް މަގުން ދުއްވާފައި ދިޔަ އެ އަންހެން މީހާގެ އަތުން ފޭރުނު މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި/ ހަބީބީހެޕް، އިސްމާއިލް ސާއިފް، 39އ. ކަމަށެވެ.
އަންހެން މީހާގެ އަތުން އޭނާ ފޭރިފައިވަނީ ސައިކަލެއްގައި ދަމުން ކަމަށާއި އެ ސައިކަލަކީވެސް ވަގަށް ނަގާފައިވާ ސައިކަލެއްކަން އެނގިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، ސާއިފް ފޭރުނު ވޮލެޓާއި ފޯނު ފުލުހުން ހޯދައި، އޭނާ ދުއްވި ސައިކަލުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު