ކުޅުދުއްފުށި ސިޓީގެ ފަޅުތެރެއިން މަރުވެފައި އޮއްވާ މިއަދު ފެނުނު އެ ރަށު/ ޑެއިޒީފެހި، މުހައްމަދު ހަސަންގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފިއެވެ.
މުހައްމަދު ހަސަންގެ ހަށިގަނޑު ފަޅުތެރެއިން ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ މިއަދު ހެނދުނު 8:17 ހާއިރެވެ. އޭނާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައެވެ.
ފުލުހުން މިއަދު ބުނީ، މުހައްމަދު ހަސަންގެ ޕޯސްޓްމޯޓަމް ހެދުމަށް މިރޭ މާލެ ގެންނަން ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މުހައްމަދު ހަސަން މަރުވީ ދޯންޏެއްގެ ފެހި ކަހަން މޫދަށް ފައިބައި އުޅެނިކޮށެވެ. ނަމަވެސް އެކަން ފުލުހުން ކަށަވަރު ކޮށެއް ނުދެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު