މޮޑިފައިކޮށް، އާންމުންނަށް އުނދަގޫވާ ގޮތަށް ބަދަލުކޮށްފައި ހުންނަ އުޅަނދުތައް މަސް ދުވަހަށް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ދީފިއެވެ.
ފުލުހުންނަށް އެ ބާރު ދިނީ ހުޅުމާލޭގައި ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި މިދިޔަ ހަފުތާގާއި ހިނގި އެކްސިޑެންޓުގައި މީހަކު މަރުވުމާ ގުޅިގެން މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވަން ނިންމެވި ފިޔަވަޅުތަކުގެ ތެރެއިންނެވެ.
އެއްގަމު ދަތުރުފަތުރު ކުރުމާ ބެހޭ ގާނޫނުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ އުޅަނދާ ބެހޭ ގަވާއިދަށް ހޯމަ ދުވަހު ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން އުޅަނދުގެ ސައިލެންސަރުގެ އަޑުގަދަވާ ގޮތަށް، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ސައިލެންސަރަށް ބަދަލު ގެނެސްގެން [މޮޑިފައި ކޮށްގެން] ދުއްވުމުގެ ސަބަބުން ހިފަހައްޓާ އުޅަނދު ދޫކުރާނީ އެ އުޅަނދަކަށް ގެނެސްފައިވާ މޮޑިފިކޭޝަން ރަނގަޅު ކުރުމަށް ފަހުއެވެ.
އެ އިސްލާހުގައިވާ ގޮތުގައި، ސައިލެންސަރު މޮޑިފައި ކޮށްފައިވާ ނަމަ އެކަމެއް ރަނގަޅު ކުރުމަށް ވެރިފަރާތަށް އަންގާ އެންގުމަށް އަމަލު ނުކޮށްގެން ފުލުހުން ޓޯ ކޮށްފައިވާ އުޅަނދެއް ނަމަ 15 ދުވަހުގެ ތެރޭގައި އޭގެ އަސްލާ އެއްގޮތަށް ބަދަލު ކުރަން ޖެހެއެވެ. އަދި ސައިލެންސަރު މޮޑިފައިކޮށްގެން ހިފަހައްޓާ އުޅަނދުތައް އެ އުޅަނދު ހިފެހެއްޓި ތާރީހުން ފެށިގެން 30 ދުވަސް ހަމަވުމުން ސައިލެންސަރު ކުރިން ހުރި ގޮތަށް ބަދަލު ގެންނާނެއެވެ.
ސައިކަލު މޮޑިފައިކޮށްގެން އަޑުގަދަ ސައިލެންސަރު އަޅުވައިގެން ވެހިކަލް ދުއްވުމަކީ މާލެ ސަރަހައްދުގައި އާއްމު ކަމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު