އިންޑިއާގެ ދަރިވަރަކު ދުނިޔޭގެ އެންމެ ކުޑަ ވެކިއުމް ކްލީނާ އުފައްދައިފިއެވެ.
އިންޑިއާގެ ކޮލެޖެއްގައި ކިޔަވަމުން އަންނަ އުމުރުން 23 އަހަރުގެ ތަޕާލާ ނަދަމުނީ ވަނީ ބޯލް ޕޮއިންޓް ގަލަމެއް ބޭނުންކޮށްގެން ދުނިޔޭގެ އެންމެ ކުޑަ ވެކިއުމް ކްލީނާ އުފައްދައިފައެވެ.
238 އެމެރިކާ ޑޮލަރު ހޭދަކޮށްގެން ތަޕާލާ އުފައްދާފައިވަނީ އޭނާ ގެންގުޅުނު ގަލަމެއް 0.25 އިންޗި ހުންނަ ވަރުގެ ވެކިއުމް އެކެވެ.
ތަޕާލާ ވަނީ އޭނާ އުފެއްދި ވެކިއުމްގައި ހުންނަ ކުޑަ ފަންކާއެއްގެ އެހީގައި ދަށް ސްޕީޑެއްގައި ވައި ދަމާލާނެ ކަމަށް ބުނެފައެވެ.
2020 ވަނަ އަހަރުވެސް ތަޕާލާ ވަނީ މީގެ ކުރިން ދުނިޔޭގައި ހެދި އެންމެ ކުޑަ ވެކިއުމް އުފައްދައިފައެވެ. އެފަހަރު އޭނާ ހެދި ވެކިއުމްގެ ބޮޑުމިނުގައި ހުރީ 0.69 އިންޗިއެވެ.
ތަޕާލާގެ ރެކޯޑު ދުނިޔޭގެ ރެކޯޑު ފޮތުން ވަނީ ބަލައިގަނެ ރެކޯޑު ފޮރުގައި ހިމަނައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ