ޑްރަގް ކޯޓު ފަޅާލައި، އެ ތަނުން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށް، ބަންދު ޖަހައިފިއެވެ.
ޑްރަގް ކޯޓުގެ ކުޑަ ދޮރެއް ހަލާކުކޮށްލައިގެން އެ ކޯޓަށް ވަދެ ވައްކަން ކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެ މައްސަލައާ ގުޅިގެން، ފުލުހުން ވަނީ މިދިޔަ މަހުގެ 31 ގައި ސ. ހިތަދޫ/ ދެކުލައަރާގެ، މުހައްމަދު އަސްލަމް 32އ ހައްޔަރުކޮށްފައެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
އޭނާގެ ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާއަކީ، ސަރުކާރު އޮފީސްތައް ފަޅާލައި ވައްކަން ކުރުމުގެ ރެކޯޑް އޮތް މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު