ސްރީ ޑެންގޫ ފެތުރޭތީ ސަމާލުވުމަށް އަންގައިފިއެވެ.

ލަންކާގައި ޑެންގޫ ފެތުރުން އިތުރުވެފައި މިވަނީ، އެ ގައުމަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތަކަށްފަހުގައެވެ.

ލަންކާގެ ނެޝަނަލް ޑެންގޫ ކޮންޓްރޯލް ޔުނިޓްގެ ޑިރެކްޓަރު، ސުދާތު ސަމަރަވީރާއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޑެންގޫގެ ނުރައްކާ ބޮޑު އަދި ހައި ރިސްކު ސަރަހައްދުތައް ބެލުމުގެ މަސައްކަތް މިހާރު ގެންދަވަނީ ކުރައްވަމުންނެވެ. އެ ގޮތުން ރިސްކް ބޮޑު 20 ސަރަހައްދެއް މިހާ ތަނަށް ފާހަގަވެފައިވާ ކަމަށެވެ.

ސުދާތު ވަނީ މަދިރި ފެތުރޭ ތަންތަން ނައްތާލައި ޑެންގޫން ސަލާމަތްވުމަށް އާންމުން ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރައްވައިފައެވެ. ސިއްހީ އިދާރާތަކުން ނެރެފައިވާ ހިސާބުތައް ދައްކާގޮތުން ލަންކާގައި މިއަހަރުގެ މިހާތަނަށް ޑެންގޫގެ 36،728 ކޭސް ފެނިފައިވެއެވެ.

ލަންކާގައި އެންމެ ބާރަށް ޑެންގޫ ފެތުރެމުންދާކަމަށް ރެކޯޑު ކުރެވިފައިވަނީ އެ ގައުމުގެ އިރުމަތީ ޕްރޮވިންސުގައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.