ޗައިނާއަށް ސްޕައި ކޮށްދިން ޓައިވާނުގެ 18 މީހަކު ޖަލަށް ލައިފިއެވެ.
ޓައިވާނުން ވަނީ އެ ގައުމުގެ މިލިޓަރީގައި މަސައްކަތް ކުރާ އެ 18 މީހުން ޗައިނާއަށް ސްޕައި ކޮށްދިން ކަމަށް ސާބިތުވެފައި ވުމާއެކު އަދަބެއްގެ ގޮތުން 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.
ޓައިވާނުގެ ސަރުކާރުން ވަނީ އެ މީހުންނަކީ މިހާރު ވެސް މިލިޓަރީގައި މަސައްކަތް ކުރަމުން އަންނަ މީހުން ކަމަށާއި މަގާމުގައި ތިބެ އިންޓެލިޖެންސް މައުލޫމާތު އެއްކޮށް، މުހިއްމު ސިއްރުތައް ޗައިނާއަށް ފޯރުކޮށްދީފައިވާ ކަމަށް ބުނެފައެވެ.
އެ 18 މީހުންގެ ތެރެއިން ބައެއް މީހުން ވަނީ ޗައިނާއިން ފަންޑުކޮށްގެން ހިންގާ ގުރޫޕުތަކާ ގުޅިގެން މަސައްކަތް ކޮށްފައި ކަމަށާއި އަދި އެ ތަންތަނުން ގިނަ އަދަދެއްގެ ފައިސާ ވެސް އެމީހުންނަށް ލިބިފައިވާ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
ޓައިވާނުގެ މިލިޓަރީގެ ބަޔަކު ސްޕައި ކުރާކަމުގެ މައްސަލަ ފެންމަތިވެ އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ތަހުގީގު ކުރުމުގައި ވަނީ މީގެ ކުރިން 10 މީހެއްގެ މައްސަލަ ވެސް ކޯޓަށް ހުށަހަޅައިފައެވެ. ނަމަވެސް ހެކި ނެތުމުން އެމީހުން ދޫވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ