ބޮމުގެ އިންޒާރަކާއެކު ޓްރެވެންޑްރަމް އެއާޕޯޓުގައި އިމަޖެންސީ އިއުލާންކޮށްފިއެވެ.
މުމްބާއީ އިން ޓްރެވެންޑްރަމަށް ދަތުރުކުރި އެއާ އިންޑިއާ ފްލައިޓުގައި ބޮމެއް އޮތް ކަމަށް ބުނެ ދިން އިންޒާރާ އެކު ޓްރެވެންޑްރަމްގެ މައި އިންޓަނޭޝަނަލް އެއާޕޯޓު ވަނީ ކުއްލި ހާލަތަކަށް ގެނެސް އިމަޖެންސީ އިއުލާންކޮށްފައެވެ.
އެއާއިންޑިއާގެ ފްލައިޓު ނަމްބަރު 135 ގައި ބޮމެއް އޮތް ކަމަށް ބުނެ ދިން އިންޒާރަށްފަހު އެ ފްލައިޓު ވަނީ ޓްރެވެންޑްރަމް އެއާޕޯޓަށް ޖައްސައި އެކަހެރި ސަރަހައްދަކަށް ގެންގޮސްފައެވެ.
ފްލައިޓު ޖެއްސުމާ އެކު ވަނީ ހުރިހާ ފަސިންޖަރުން ރައްކާތެރިކަމާ އެކު ހުސްކޮށްފައެވެ.
ފްލައިޓަށް ބޮމުގެ އިންޒާރު ލިބުމާ އެކު ވަނީ ޕައިލެޓަށް މައުލޫމާތު ހިއްސާކޮށް ފްލައިޓު ރައްކާތެރިކަމާ އެކު ޓްރެވެންޑްރަމްގައި ޖައްސައިފައެވެ.
އިންޒާރުގެ މައްސަލަ ބަލައި މައުލޫމާތު އެއްކޮށް ކަމާބެހޭ އިދާރާތައް ގުޅިގެން ވަނީ ތަހުގީގެއް ފަށައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ