ބީއެމްއެލް އިސްލާމިކުން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ސަނާބިލް ޕްރޮޖެކްޓަށް އިންވެސްޓުކޮށްފިއެވެ.
ބީއެމްއެލް އިސްލާމިކުން މިއަދު މީޑިއާތަކަށް ބުނީ ރާއްޖޭގައި މަތީ ތައުލީމަށް ހާއްސަކޮށްގެން އައިޔޫއެމް އިން ހުޅުމާލޭގައި އަޅަން ނިންމާފައިވާ ހަތްބުރީގެ އިމާރާތްކުރުމަށް ހިންގާ ސަނާބިލް ޕްރޮޖެކްޓަށް ބީއެމްއެލް އިސްލާމިކުން ބޮޑު އިންވެސްޓްމަންޓެއް ކޮށްފައިވާ ކަމަށެވެ.
މިދިޔަ ޖޫން މަހު އައިޔޫއެމުން ހުޅުވާލި ސަނާބިލް ސުކޫކަށް އެއްފަހަރާ ސަބްސްކްރައިބް ކުރުމާއެކު، ބީއެމްއެލް އިސްލާމިކް ވެފައިވަނީ އިދާރާއަކުން ދޫކުރި އިސްލާމިކް ކެޕިޓަލް މާކެޓް އިންސްޓްރޫމެންޓަކަށް އިންވެސްޓްކުރި ރާއްޖޭގެ ފުރަތަމަ ބޭންކަށެވެ.
އެކަމާ ގުޅޭގޮތުން ބީއެމްއެލްގެ ޑައިރެކްޓާ އޮފް އިސްލާމިކް ބޭންކިން، ހަސަން ކަލާމް ވިދާޅުވީ އެ އިންވެސްޓްމަންޓަކީ އިސްލާމިކް ބޭންކިން އަދި ފައިނޭންސިންގެ ދާއިރާ ކުރިއަރުވައި، އިސްލާމީ ތައުލީމު ކުރިއެރުވުމަށް ބީއެމްއެލް އިސްލާމިކުން ސާބިތުކަމާއެކު ތިބިކަމުގެ ވަރަށް ވަރުގަދަ ހެއްކެއް ކަމަށެވެ.
"މި ޕްރޮޖެކްޓުގެ ސަބަބުން ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ އާއި ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ. އަދި ހަމައެހެންމެ އިލްމީ އިގުތިސާދެއް ގާއިމުކުރުމަށް އެހީވެގެންދާނެ،" ކަލާމް ވިދާޅުވިއެވެ.
ބީއެމްއެލް އިސްލާމިކުން އަންނަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުއައްސަސާތަކަށް އީޖާދީ އަދި ކަސްޓަމަރުން ބޭނުންވާ ފަދަ ޝަރުއީ ހަމަތަކަށް މާލީ ހައްލު ފޯރުކޮށްދިނުމުގައި ރާއްޖޭގެ އެންމެ މަތީ ހަރުފަތުގައި ހިދުމަތްދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު