ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ހަމަލާ ދިން މައްސަލައިގައި ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މޫނު ފޮރުވައި، ހެލްމެޓް އަޅައިގެން ތިބި ބަޔަކު މަރުތޭލަކުން ޝަމީމަށް ހަމަލާ ދިނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ ހަމަލާ ދީފައިވަނީ ޝަމީމުގެ ދަރިފުޅު ސްކޫލަށް ގެންދިއުމަށްފަހު އެނބުރި ގެއަށް ވަޑައިގަންވަނިކޮށް އޭނާ ދިރިއުޅުއްވާ ގޭގެ ދޮރުމަތިންނެވެ. ލިބުނު އަނިޔާގައި އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ރެނދުލައިގެން ފަރުވާ ހޯއްދެއްވިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތް މީހުންގެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށްޓަކައި މިދިޔަ އާދިއްތަ ދުވަހު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މުޅިންވެސް ދިހިންނެވެ.

އެ މައްސަލާގައި ހައްޔަރުކުރި ހަތް މީހުންގެ ތެރެއިން ތިން މީހެއްގެ ވަނަވަރު ފުލުހުން މީގެ ކުރިން ވަނީ އާންމުކޮށްފައެވެ. އެއީ ރ. އަލިފުށީ މީހެއް ކަމަށްވާ މިދުހަތު އާދަމާއި ލ. ގަމު ތުނޑި އަވަށު މީހެއް ކަމަށްވާ މުހައްމަދު ޖަޒްލާނާއި އދ. މާމިގިއްޔަށް ނިސްބަތްވާ ޒަޔާން ނަސީރެވެ. ޒަޔާންގެ މައްޗަށް ތުހުމަތު ކުރަނީ ޕީޖީއަށް ފާރަލިކަމުގެ ތުހުމަތެވެ.

މި މައްސަލައިގައި ހަތް މީހުން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.