ދުނިޔޭގެ އެންމެ މުސްކުޅި މީހާ މަރުވެއްޖެއެވެ.

ދުނިޔޭގެ އެންމެ މުސްކުޅި މީހާ ސްޕެއިންގެ މާރިއާ ބްރާންޔަސް މޮރޭރާ މަރުވެފައިވާއިރު އޭނާގެ އުމުރަކީ 117 އަހަރު ކަމަށް އާއިލާއާއި ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

އެމެރިކާއަށް އުފަން މާރިއާ ވަނީ ދުނިޔޭގެ ފުރަތަމަ ބޮޑުހަނގުރާމަ އާއި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްތައް ތަޖުރިބާކޮށްފައި ކަމަށް އޮފިޝަލުން ބުނެއެވެ.

ގީނިސް ވޯލްޑް ރެކޯޑްސް އިން މާރިއާ އަކީ ދުނިޔޭގެ އެންމެ މުސްކުޅި މީހާ ކަމުގައި ކަނޑައަޅާފައި ވަނީ މިދިޔަ އަހަރު ހުރި ދުނިޔޭގެ އެންމެ މުސްކުޅި މީހާ އުމުރުން 118 އަހަރުގައި މަރުވުމާއި ގުޅިގެންނެވެ.

މިހާތަނަށް ދުނިޔޭގެ އެންމެ މުސްކުޅި މީހާކަމަށް ރެކޯޑުތަކުން ހާމަވެފައިވަނީ އުމުރުން 122 އަހަރުގެ މީހެކެވެ. އެމީހާ މަރުވެފައިވަނީ 1997 ވަނަ އަހަރު އުމުރުން 122 އަހަރާއި 164 ދުވަހުގައެވެ.