އެފްރިކާގައި އެމްޕޮކްސް ފެނިފައިވާ ސަރަހައްދުތަކަށް ދަތުރުކުރާނަމަ ވެކްސިން ޖެހުމަށް އަންގައިފިއެވެ.

ބާރު ސްޕީޑެއްގައި އެފްރިކާގެ ބައެއް ސަރަހައްދުތަކުގައި އެމްޕޮކްސް ވައިރަސް ފެތުރެމުންދާ އިރު، އެ ސަރަހައްދުތަކަށް ދަތުރުކުރާނަމަ، ވެކްސިން ޖެހުމަށް ޔޫރަޕިއަން ސެންޓާ ފޯ ޑިޒީސް ޕްރެވެންޝަން އެންޑް ކޮންޓްރޯލް (އީސީޑީސީ) އިން ވަނީ އަންގައިފައެވެ.

އީސީޑީސީ އިން ވަނީ ދުނިޔޭގައި އެމްޕޮކްސް ފެތުރޭ ނިސްބަތް ޖުމްލަކޮށް މަދު ކަމަށް ބުނެފައެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ސިއްހީ ނުރައްކަލުގެ ހާލަތު މުޅި ދުނިޔެއަށް އިއުލާން ކޮށްފައެވެ.

އެމްޕޮކްސްގެ ވެކްސިން މީގެ ކުރިން ޖަހާފައިވާ ފަރާތްތަކުން ދެން ޖަހަން ޖެހޭނީ އެއް ޑޯޒް ކަމަށް އޮފިޝަލުން ބުނެއެވެ. އަދި މިހާތަނަށް ނުޖަހާ ފަރާތްތަކުން ދެ ޑޯޒް ޖަހަން ޖެހޭނެ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

މިހާތަަނަށް އެމްޕޮކްސްގެ އާވޭރިއަންޓުގެ ނުރައްކާ އެންމެ ބޮޑުވެފައިވަނިީ އެފްރިކާގެ ކޮންޑޯ ސަރަހައްދުގައެވެ. އެސަރަހައްދުން މިހާތަނަށް 450 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.