މޫސުން ގޯސްވުމާ ގުޅިގެން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ރީނދޫ އެލާޓް ނެރެފިއެވެ.
ގައުމީ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ވަނީ މިއަދު ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. އެގޮތުން މިއަދު ހެނދުނުން ފެށިގެން ރީނދޫ އެލާޓާއެކު ބައެއް ސަރަހައްދުތަކަށް ހުދު އެލާޓް ވެސް ވަނީ ނެރެފައެވެ.
މެޓް އޮފީހުން އެންމެ ފަހުން ނެރެފައިވަނީ ރީނދޫ އެލާޓެކެވެ. ހއ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކަށް ރީނދޫ އެލާޓް ނެރެފައިވަނީ މެންދުރުފަހު 2:00 އިން ފެށިގެން މިރޭ 8:00 ގެ ނިޔަލަށެވެ. އެ ސަރަހައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
އޭގެ އިތުރުން އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް އުދަ އަރާފާނެ ކަމަށް ލަފާކޮށް، އެކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އިހުގެ މަސްވެރީން ބުނާގޮތުގައި، މިހާރު މި ކުރަނީ ހުޅަނގުގެ ގަދަ ނަކަތެއް ކަމަށްވާ މާނަކަތުގެ ވިއްސާރައެވެ. މާނަކަތް ފެށުނީ މިދިޔަ އާދީއްތަ ދުވަހުއެވެ. ނިމޭނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު