ރާއްޖޭގެ ފެނާއި ނަރުދަމާގެ ނިޒާމު އިތުރަށް ތަރައްގީ ކުރުމަށް ތުރުކީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އޮންލައިންކޮށް އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ. ތުރުކީގެ ފަރާތުން ސޮއިކުރެއްވީ އިސްތަންބޫލް ވޯޓާ އެންޑް ސުވަރެޖް އެޑްމިނިސްޓްރޭޝަންގެ ޑެޕިއުޓީ ޖެނެރަލް ޑިރެކްޓަރެވެ.
އެންވަޔަރަންމެންޓް މިނިސްޓްރީން ބުނީ މި އެއްބަސްވުމަކީ ފެނާއި ނަރުދަމާ ދާއިރާ ތަރައްގީކުރުމަށްޓަކައި ބޭނުންވާ ފަންނީ އެހީ ހޯދުމާއި އެ ދާއިރާއިން މީހުން ބިނާކުރުމަށް ސޮއިކުރި އެއްބަސްވުމެއް ކަމަށެވެ.
އިތުރަށް ބުނީ އެ އެއްބަސްވުމުގެ ބޭނުމަކީ ފެނާއި ނަރުދަމާއާ ގުޅޭ ބައިނަލްއަގުވާމީ ކޮންފަރެންސްތަކުގައި ރާއްޖެއާއި ތުރުކީ ގުޅިގެން ބައިވެރިވެ ދާއިރާއަށް ކުރިއެރުން ހޯދުމަށް މަސައްކަތް ކުރުން ކަމަށެވެ.
އެ އެއްބަސްވުމުގެ ސަބަބުން ފެނާއި ނަރުދަމާ ދާއިރާ ކުރިއެރުވުމަށްޓަކައި ދެ ގައުމުގެ މެދުގައި ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު