ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ނުވަ ރަށެއްގައި ފެންބޮޑުވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފެންބޮޑުވެގެން ރިޕޯޓް ކޮށްފައިވަނީ ސ. މަރަދޫ، ސ. ފޭދޫ، ސ. ހިތަދޫ، ގއ. ދެއްވަދޫ، ޅ. ނައިފަރު، ޅ. ކުރެންދޫ، ކުޅުދުއްފުށި ސިޓީގެ އިތުރުން ހއ. ބާރަށް އަދި ހއ. ދިއްދޫގައި ކަމަށެވެ.

"މިއަދު ހަވީރު 6 އާ ހަމައަށް 9 ރަށަކުން ވައިގަދަވެގެންނާއި ފެންބޮޑުވެގެން ވަނީ ރިޕޯޓްކޮށްފައި. އެއްވެސް އާއިލާއެއް ބަދަލުކުރަންޖެހޭ ފަދަ ހާލަތެއް އަދި ނެތް،" ވިއްސާރައިގައި ރަށްރަށް ލިބެމުންދާ ގެއްލުންތައް ކައިރިން ބަލަމުންދާކަން ފާހަގަކޮށް އެންޑީއެމްއޭ އިން ބުންޏެވެ.