ހަތަރު ރަށެއްގައި ނުނިމި ހުރި ފެނަކައިގެ އިމާރާތްތަކުގެ މަސައްކަތްކޮށްދޭނެ ކޮންޓްރެކްޓަރުން ހޯދަން ފެނަކަ ކޯޕަރޭޝަނުން އިއުލާންކޮށްފިއެވެ.

ފެނަކައިން ގެޒެޓުގައި މިއަދު ކުރި އިއުލާނެއްގައި ބުނީ ކޮންޓްރެކްޓަރުން ހޯދަނީ ކުޅުދުއްފުށި ސިޓީ، ފުވައްމުލަކު ސިޓީ، ހއ. ދިއްދޫ އަދި ށ. މާއުނގޫދޫގެ އޮފީހުގެ މަސައްކަތް ނިންމުމަށް ކަމަށެވެ.

އެ މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު [email protected] މެދުވެރިކޮށް ހުށަހެޅުމަށް އެދޭ ކަމަށް ފެނަކައިން ބުންޏެވެ. އަދި ބިޑުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް އިއުލާން ނަންބަރާއި، ކުންފުނީގެ ނަން އަދި ކުންފުނީގެ ފަރާތުން މީހެއްގެ ނަމާއި ފޯނު ނަންބަރު ވެސް [email protected] އަށް މެއިލް ކުރަންވާނެ ކަމަށް ފެނަކައިން ބުންޏެވެ.

ފެނަކައިން ބުނީ ކުޅުއްދުއްފުއްޓާއި މާއުނގޫދޫގެ ފެނަކައިގެ އޮފީހުގެ މަސައްކަތަށް ބިޑު ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ މިމަހުގެ 20 ވަނަ ދުވަސް ކަމަށާއި ދިއްދޫގައި ހުންނަ ފެނަކައިގެ އޮފީހުގެ މަސައްކަތަށް ބިޑު ހުށަހަޅަންވާނީ މިމަހުގެ 25 ގެ ކުރިން ކަމަށެވެ. އަދި ފެނަކައިގެ ފުވައްމުލަކު އޮފީހުގެ މަސައްކަތްކޮށްދޭން ބިޑު ހުށަހަޅަން ޖެހޭނީ މިމަހުގެ 29 ގެ ކުރިން ކަމަށް ފެނަކައިން ބުންޏެވެ.