ހިޔާ ފްލެޓުތަކުގެ އޭސީ ޑްރެއިން ހޮޅިން ފެން ލީކުވެ ފުލެޓުތަކަށް ގެއްލުންވަމުންދާ މައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ ހައްލުކުރާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީން މިރޭ ކުރި އިއުލާނެއްގައި ބުނީ އޭސީން ފެން ބޭރުވެ ފުލެޓުތަކަށް ގެއްލުންވަމުންދަނީ އޭސީގެ މައި ހޮޅިއަށް ބައެއް ފުލެޓުތައް ގުޅާފައިނުވާތީ ކަމަށެވެ. އެ މައްސަލަ ހައްލުކުރާނެ ގޮތުގެ މައުލޫމާތު ފުލެޓުތަކުގައި އުޅޭ މީހުންނަށް އެޗްޑީސީން ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަންނަ އާދިއްތަ ދުވަހުން ފެށިގެން އެޗްޑީސީގެ މުވައްޒަފުން ހިޔާ ފްލެޓުތަކަށް ދާން ފަށާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ މުވައްޒަފުން ފުލެޓުތަކަށް ޒިޔާރަތްކުރާނެ ގަޑިތައް އެނގޭނެ ތާވަލެއް ހިޔާ 7،000 ވައިބާ ކޮމިއުނިޓީގައި ހިއްސާކުރާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު