ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ ވަނަވަރު ހާމަކުރަން ފަށައިފި އެވެ.
ފުލުހުން ވަނީ މި ފަހަކަށް އައިސް ހައްޔަރުކުރާ މީހުންގެ ވަނަވަރު އާއްމުކުރަން ފަށާފައެވެ. އެގޮތުން މިދިޔަ މަހުން ފެށިގެން ހަތަރު މައްސަލައެއްގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފައިވެއެވެ. އެންމެ ފަހުން ވަނަވަރު އާއްމުކުރީ މާލޭގެ ގެއަކުން ފޭރުނު މީހެއްގެއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ކުޑަކުދީންނާ ގުޅޭ މައްސަލަތައް ފިޔަވައި އެހެން ހުރިހާ މައްސަލަތަކެއްގައި ހައްޔަރުކުރާ މީހުންގެ ވަނަވަރު ހާމަކުރަން ނިންމާފައިވާ ކަމަށެވެ.
"އުސޫލެއް އަދި ނެތް. އެކަމަކު މިކަމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް" އޮފިޝަލު ވިދާޅުވިއެވެ.
ކުށުގެ ތުހުމަތަށް ހައްޔަރުކުރާ މީހުންގެ ވަނަވަރު ހާމަކުރަން ފެށިއިރު، މީގެ ކުރިން ވެސް ބައެއް މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ ވަނަވަރު ހާމަކޮށްފައި އެބަހުއްޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު