ދުންފަތް އެކުލެވޭ ބާވަތްތަކުން ޑިއުޓީ އިނާޔަތްދިނުން ހުއްޓާލުން ފަސްކޮށްފިއެވެ.
މިއަދުން ފެށިގެން ދުންފަތް އެކުލެވޭ ބާވަތްތަކާއި ނިކޮޓިން އެކުލެވޭ ތަކެތި ބުއިމަށް ބޭނުންކުރާ އާލާތްތަކުން ޑިއުޓީ އިނާޔަތްދިނުން ހުއްޓާލާނެކަން ކަސްޓަމްސް އިން މީގެ ކުރިން އޮތީ އިއުލާންކޮށްފައެވެ.
އޭގެ ތެރޭގައި ހިމެނެނީ، ދުންފަތް ނުވަތަ ނިކޮޓިން އެކުލެވޭ ބާވަތްތަކާއި އެތަކެތި ބުއިމަށް ބޭނުންކުރާ އާލާތްތަކާއި އީ-ސިނގިރޭޓާއި ޝީޝާ އަދި ފްލޭވާޑް ސިނގިރެޓް ނުވަތަ އީ-ލިކުއިޑް ފަދަ ތަކެއްޗެވެ.
މިހާރު ކަސްޓަމްސް އިން ނިންމާފައިވަނީ ދުންފަތް އެކުލެވޭ ބާވަތްތަކާއި ނިކޮޓިން އެކުލެވޭ ތަކެތި ބުއިމަށް ބޭނުންކުރާ އާލާތްތަކުން ޑިއުޓީ އިނާޔަތްދިނުން މިއަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހުއްޓާލުމަށެވެ.
އެ އުސޫލުގެ ދަށުން ގެނައި އެހެން ބަދަލުތަކަށް މިއަދު ވަނި އަމަލުކުރަން ފަށައިފައެވެ. އެއީ ދަތުރުވެރިން ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތިން ޑިއުޓީ މައާފުވާ މިންވަރު 6,000 ރުފިޔާ އިން 10,000 ރުފިޔާއަށް ބޮޑުކުރުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު