އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަހާ ގުޅުވައި ރާއްޖޭގެ 60 ޕަސަންޓަށް 5 ޖީގެ ހިދުމަތް ފުޅާކޮށްފިއެވެ.
އުރީދޫން މިއަދު ބުނީ މާދަމާ އެ ކުންފުންޏަށް 19 އަހަރު ފުރޭނެ ކަމަށެވެ. އުރީދޫން ބުނީ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ފެށުމާއެކު ޒަމާނީ ޓެކްނޮލޮޖީއާއި އިނޮވޭޓިވް ސޮލިއުޝަންތައް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުން ގުޅާލުމަށް ދެ އަހަރު ވަންދެން ކުރަމުން އަންނަ މަސައްކަތުގެ ކައުންޓްޑައުން ފެށިގެން ދިއުމަކީ ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އުރީދޫ ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުން ފުރިހަމަކުރުމަށް ކުރަމުންގެންދާ މަސައްކަތުގައި އާ އަދި އިތުރު ހިދުމަތްތަކެއް އިއުލާންކުރަން ނިންމައިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެ ހިދުމަތްތަކަކީ؛
އުރީދޫން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތައް ގުޅާލުމަށް އެ ކުންފުނިން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން، އުރީދޫ 5 ޖީ މިހާރު ރާއްޖޭގެ 60 ޕަސަންޓަށް މިއަދުން ފެށިގެން ލިބިގެންދާނެ ކަމަށެވެ. އަދި އެ މަސައްކަތުގެ ފޭސް ތިނެއްގައި 100 އިންސައްތަ ކަވަރޭޖް ހާސިލު ކުރެވިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.
ޑިޖިޓަލް އިނޮވޭޝަންގެ ލީޑަރެއްގެ ހައިސިއްޔަތުން، ހަލުވި ސްޕީޑާއި، ލެޓެންސީ ދަށްވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ރަނގަޅު 5 ޖީ ނެޓްވޯކެއްގެ ތަޖުރިބާއެއް ލިބިގެންދާނެކަން ފާހަގަކުރާ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫގެ ލޯޔަލްޓީ ޕްރޮގްރާމް، ނުޖޫމް ފަރުމާކޮށްފައިވަނީ ކަސްޓަމަރުންގެ ބައިވެރިވެވޭ ގޮތަށް ކަމަށާއި ނުޖޫމްއާއެކު ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް ކުރާ ކޮންމެ ޓްރާންސެކްޝަނަކާއެކު ޕޮއިންޓް ހޯދައި، އުރީދޫގެ ގިނަ ހިދުމަތްތަކަށާއި ތާޑް ޕާޓީ އޮފާތަކަށް ރިޑީމް ކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ. އެ ޕްރޮގްރާމަކީ ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުމަށް ރާވާފައިވާ ޕްރޮގްރާމެއް ކަމަށް އުރީދޫން ބުންޏެވެ.
ނުޖޫމްއަކީ އުރީދޫ ގްރޫޕުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ ލޯޔަލްޓީ ޕްރޮގްރާމެއް ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫގެ އާޗާ ސުޕަނެޓުން ކޮންމެ ދުވަހަކު ޑޭޓާ ލިބޭ ޕްލޭންތަކެއް މިހާރު ތައާރަފުކޮށްފައިވާނެ ކަމަށް އުރީދޫން ބުންޏެވެ. ބްރޯޑްބޭންޑް މެދުވެރިކޮށް ކަސްޓަމަރުން ގުޅިފައި ތިބުމަށާއި، ކޮންމެ ދުވަހަކު ވެސް މެދުނުކެނޑި އިންޓަނެޓުގެ ހިދުމަތް ލިބުމަށް އެ ޕްލޭންތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އިތުރަށް ފަސޭހަވެގެން ދާނެ ކަމަށް އުރީދޫން ބުންޏެވެ. އެ ކުރިއެރުމަކީ ރާއްޖޭގައި އެންމެ ފުރިހަމަ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރުކުރެވުނު ބޮޅެއް ކަމަށް އުރީދޫން ބުންޏެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އާޓީފިޝަލް އިންޓެލިޖެންސް ޕޯސްޓްޕެއިޑް ތައާރަފުކޮށްފައިވަނީ އެ ކުންފުނިން ކަމަށް އުރީދޫން ބުންޏެވެ. އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކަސްޓަމަރުން ބޭނުންތަކާއި ބޭނުންކުރުމުގެ ވައްޓަފާޅިއަށް ފެތޭ ގޮތަށް ޕާސަނަލައިޒްޑް ޕޯސްޓްޕެއިޑް ޕްލޭންތައް ހެދުމަށް އެ އިނޮވޭޓިވް ހިދުމަތުން ލިބިގެންދާ ކަމަށް އުރީދޫން ބުންޏެވެ.
އާޓިފިޝަލް އިންޓެލިޖެންސް ޕޯސްޓްޕެއިޑްއާއެކު ކަސްޓަމަރުންނަށް ތަފާތު ފްލެކްސިބިލިޓީ އާއި ވެލިއު ލިބޭ ގޮތަށް ހާއްސަ ޕްލޭނެއް ބޭނުން ކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.
ހެއްސަ ޑޭޓާ އަކީ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑްއަށް ތައާރަފުކުރާ ރާއްޖޭގެ އެންމެ ބޮޑު ޑޭޓާ އެލަވަންސް ލިބޭ ޕްލޭން ކަމަށް އުރީދޫން ބުންޏެވެ. ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ގިނަ ޑޭޓާ ބޭނުންކުރާ ފަރާތްތަކަށް އެ އޮފާ އަކީ އިންޓަނެޓު ބޭނުން ކުރުމާއި ސްޓްރީމް ކުރުމާއި ޗެޓުކުރުމުގައި ލިމިޓަކާ ނުލައި ގުޅާލުމުގެ މިނިވަންކަން ފަހިކޮށްދޭ ޕްލޭނެއް ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫން ބުނީ ސޯޝަލް މީޑިއާގައި ދަންވަރު ވަގުތު ހޭދަކުރާ ފަރާތްތަކަށް ހާއްސަ އާޗާ ދަންދަން އިން ކޮންމެ ދުވަހަކު ވެސް ސޯޝަލް މީޑީއަގެ ގިނަ އެޕްލިކޭޝަންތަކަށް ޑޭޓާ އެލަވަންސެއް ލިބޭނެ ކަމަށެވެ. "ދަން ދަން" ގަޑިތަކުގައި ދަންވަރު 1:00 އިން ފަތިހު 5:00 އަށް ލިބިގެންދާނެ ކަމަށާއި އެ ޕްލޭންއާއެކު މެދުނުކެނޑި ސޯޝަލް މީޑިއާގައި ވަގުތު ހޭދަކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.
މުނިފޫހިފިލުވުމުގެ ގިނަ އެޕްލިކޭޝަންތަކާއި އެޕްތައް ހިމެނޭ ހާއްސަ ޕޭޖެއް ކަމަށްވާ އެންޓަޓައިނިއާ އުރީދޫއިން މިހާރު ތައާރަފުކޮށްފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެ އާ ފީޗާގައި ސޮނީލިވްއާއި ލަޔަންސްގޭޓް ޕްލޭ ހިމެނޭ ފިލްމު ޕެކް އޮޕްޝަންތަކުގެ އިތުރުން ސްނެޕްޗެޓާއި ޓިކްޓޮކްގެ ސޯޝަލް އެންޓަޓެއިންމަންޓް ޕެކްތައް ވެސް ހިމެނޭ ކަމަށް އުރީދޫން ބުންޏެވެ.
އެންޓަޓައިނިއާ ފަރުމާކޮށްފައިވަނީ މުނިފޫހިފިލުވުމުގެ ހުރިހާ ބޭނުންތަކެއް އެއްތަނަކުން ފުއްދައިދޭ ގޮތަށް ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫ ނޭޝަން ގްލޯބަލް ފޭސްއޮފްއަކީ 1،919 ޑޮލަރުގެ ޕްރައިޒް ޕޫލަކާއެކު ރާއްޖެއާއި ގަތަރުގެ ޓީމުތައް ވާދަކުރާ ރޮކެޓް ލީގު މުބާރާތެއް ކަމަށް އުރީދޫން ބުންޏެވެ. މި ފެށޭ މަހުގެ 8 ވަނަ ދުވަހާއި 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ހަރަކާތަކީ އުރީދޫ ނޭޝަންގެ އިންޓަނޭޝަނަލް ފުރަތަމަ މުބާރާތް ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫން ބުނީ އެ ކުންފުނީގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާ އިރު، ޑިޖިޓަލް ޓްރާންސްފޯމޭޝަން ގެނައުމަށާއި، އިނޮވޭޓިވް ސޮލިއުޝަންތަކާއި، ތަފާތު ހިދުމަތުގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ދިރިއުޅުން ކުރިއެރުވުމަށް އަބަދުވެސް ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.
އަދި ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އިތުބާރާއި އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށާއި، ކުރިއަށް އޮތްތަނުގައި އާ އީޖާދީ ޓެކްނޮލޮޖީ ތައާރަފުކޮށް ފުޅާކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އުރީދޫން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު