ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ލިސްޓަށް ގެދޮރުވެރިކަމަށް ހާއްސަ ކޮމިޓީއެއް އުފައްދައި، އެ ކޮމިޓީގެ މުގައްރިރަކަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު އައްޔަންކުރައްވައިފިއެވެ.

ގެދޮރުވެރިކަމަށް ހާއްސަ ކޮމިޓީގެ ނައިބު މުގައްރިރަކަށް އައްޔަންކޮށްފައިވަނީ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީގެ މެމްބަރު ހުސައިން އިމްރާން ލަތީފެވެ.

އެ ކޮމިޓީގައި 11 މެންބަރުން ތިއްބަވާނެއެވެ. ކޮމިޓީއަށް މެންބަރުން ކަނޑައެޅުމުގައި ވަނީ މާލޭގެ އިތުރުން ކޮންމެ ސިޓީއަކުން މަޖިލީހުގެ މެމްބަރަކު ކަނޑައަޅަން އިސްކަން ދީފައެވެ.

  • އިބްރާހިމް ފަލާހު (އިނގުރައިދޫ ދާއިރާ)
  • ހުސައިން އިމްރާން ލަތީފު (ހެންވޭރު ދެކުނު ދާއިރާ)
  • މުހައްމަދު ދާއޫދު (ކުޅުދުއްފުށި އުތުރު ދާއިރާ)
  • މުހައްމަދު ސިނާން (ހިތަދޫ އުތުރު ދާއިރާ)
  • އިބްރާހީމް ނާޒިލް (ހިތަދޫ ދެކުނު ދާއިރާ)
  • އަލީ ފަޒާދު (ފުވައްމުލަކު މެދު ދާއިރާ)
  • މުހައްމަދު އިސްމާއީލް (ވިލިމާލެ ދާއިރާ)
  • ހުސައިން ޝަރީފު (ހުޅުމާލެ އުތުރު ދާއިރާ)
  • މުހައްމަދު އިބްރާހީމް (ގަލޮޅު އުތުރު ދާއިރާ)
  • އަސްމާ ރަޝީދު (މާފަންނު މެދު ދާއިރާ)
  • އަހުމަދު ޒަމީރު (މައްޗަންގޮޅި މެދު ދާއިރާ)