ސްރީ ލަންކާގައި އިންފްލުއެންޒާއާއި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ ފިޔަވަޅުތައް އަޅަން އެ ގައުމުގެ ސިއްހީ އޮފިޝަލުން ގޮވާލައިފިއެވެ.

ލަންކާގެ ސްކޫލްތަކާއި ޑޭ ކެއާ ސެންޓަރުތަކުގެ ގިނަ ބަޔަކަށް އިންފްލުއެންޒާ ޖެހިފައިވާއިރު، ލަންކާގެ ޑޮކްޓަރުން ވަނީ ބަލިމަޑުކަމެއް ފެށިދާނެކަމުގެ އަސަރު އެ ގައުމުގެ އެކިކަންކޮޅުތަކުން ފެންނަން ފަށާފައިވާ ކަމަށް ބުނެފައެވެ.

އެހެންކަމުން ކޭސްތައް ފެންނަން ފަށާފައިވާ ތަންތަނުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށާއި ކޮވިޑް ދުވަސްވަރުގައި އެ ގައުމުގައި އަޅާފައިވާ މާސްކު އެޅުމާއި އާންމު ތަންތަނަށް މީހުން އެއްވެ އުޅުން މަދުކުރުމަށް މިހާރުން ފެށިގެން ފިޔަވަޅު އަޅަން ޑޮކްޓަރުން ވަނީ ގޮވާލައިފައެވެ.

ލަންކާގެ ސަރުކާރުގެ މެޑިކަލް އެސޯސިއޭޝަންގެ ތަރުޖަމާނު ޑރ ޗަމިލް ވިޖޭސިންގްހަ ވިދާޅުވެފައިވާ ގޮތުން އިންފްލުއެންޒާ އާއި ކޮވިޑް ޖެހިފައިވާ ގިނަ މީހުންނަކީ ވެކްސިން ނުޖަހާ މީހުންނެވެ.