މާލޭގެ ގެއަކަށް މީހަކު ވައްދައި، އޭނާ ބަރަހަނާކޮށް ބިރު ދެއްކުމަށްފަހު އެކައުންޓުން ފައިސާ ފޭރުނު މައްސަލައެއްގައި ހިމެނޭ އަންހެން މީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުން އިއްޔެ ބުނީ މި މަހުގެ 24 ވަނަ ދުވަހު ރިޕޯޓް ކުރި އެ މައްސަލައިގައި އެކައުންޓުން ފޭރިފައިވަނީ ބިރު ދައްކައިގެން ކޭޝް ކާޑުގެ ޕިން ހޯދުމަށްފަހު ކަމަށެވެ.
މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 26 އަހަރާއި 35 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެކަކުގެ ބަންދަށް 30 ދުވަސް އަދި ދެ ވަނަ މީހާގެ ބަންދަށް 60 ދުވަސް ޖަހާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މިއަދު ބުނީ، އެ މައްސަލައާ ގުޅިގެން ހޯދަމުންދިޔަ 43 އަހަރުގެ އަންހެން މީހާ މިއަދު ހައްޔަރުކޮސްފައިވާ ކަމަށާއި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތަހުގީގު ނިމެންދެން ބަންދުކޮށްފައިވާ ކަމަށެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެ މީހުން ފައިސާ ފޭރުނީ ހއ. އިހަވަންދޫ ކައުންސިލްގެ މެންބަރު، އަހުމަދު ރިލްވާންގެ އަތުންނެވެ. ރިލްވާން ފޭސްބުކްގައި އާއްމުކުރި ވީޑިއޯއެއްގައި ވިދާޅުވި ގޮތުގައި، އޭނާ އެގެއަށް ވަނީ ބޮތްކެއް ބަދަލުކުރުމަށް އަންހެން މީހަކު އޭނާގެ ގާތުގައި އެދުމުންނެވެ. އަދި އެ ގެއަށް އޭނާ ވަނުމުން، ދެ ފިރިހެނުން ވެގެން އޭނާ ހިފަހައްޓައި ވަޅިން ބިރު ދައްކައި، ބަރަހަނާކޮށް އަނިޔާކޮށްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު