ބިދޭސީންގެ ވޯކާ ޕާމިޓާއި ކޯޓާ ފީ ނުދައްކައިގެން 100،000 ރުފިޔާއަށްވުރެ ޖޫރިމަނާގެ އަދަދު އިތުރުވެފައިވާ 1026 ކުންފުނީގެ ނަން ހޯމް މިނިސްޓްރީން ރޭ އާންމުކޮށްފިއެވެ.
މިއީ ބިދޭސީންތައް ފީތައް ދައުލަތައް ނުދައްކާ ފަރާތްތަކުގެ ނަންތައް އާންމުކުރި ފުރަތަމަ ފަހަރެވެ.
ހޯމް މިނިސްޓްރީން އާންމުކުރި ލިސްޓުގައި ރާއްޖޭގެ ބޮޑެތި ކޮންސްޓްރަކްޝަން ކުންފުނިތައް ހިމެނެއެވެ. އަދި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންދާ އެހެން ކުންފުނިތައްވެސް ހިމެނެއެވެ.
ނަން އާންމުކުރި 1،026 ކުންފުނީގެ ތެރެއިން 123 ކުންފުންޏަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ އަދަދު މިލިއަނަކަށްވުރެ މައްޗަށް އަރައެވެ. އެހެން ބައެއް ކުންފުނިތަކުން ދައްކަންޖެހޭ ފައިސާގެ އަދަދު 26 މިލިއަނަށް ވުރެ މައްޗަށް އަރައެވެ.(https://www.gazette.gov.mv/iulaan/300767)
ޚަބަރު
ޚަބަރު
ޚަބަރު