ހދ. ކުމުންދޫގައި ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ.

ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް އެމްޑަބްލިޔުއެސްސީން ފަށާފައިވަނީ 2021 އެޕްރީލް ދެވަނަ ދުވަހުއެވެ. އެ މަޝްރޫއަކީ 102.17 މިލިޔަން ރުފިޔާގެ މަޝްރޫއުއެކެވެ.

އެމްޑަބްލިޔުއެސްސީން މިއަދު ބުނީ އެކުންފުނިން ކުމުންދޫގައި ކުރިޔަށް ގެންދިޔަ ފެނާ ނަރުދަމާގެ މަސައްކަތް ނިންމައި ކޮމިޝަން ކޮށްފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން ކުމުންދޫގައި ފެންޕްލާންޓް ބެހެއްޓުމަށް އިމާރާތް ކުރާ ފެސިލިޓީ ބިލްޑިން ގާއިމްކޮށް ފެނާއި ނަރުދަމާގެ ހޮޅީގެ މައި ނެޓްވޯކު އަޅައި ގޭގެޔަށް ފެނާއި ނަރުދަމާ ކަނެކްޝަން ގުޅައިދީފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

އޭގެ އިތުރުން ފެން ރައްކާކުރާ ތާންގި ބަހައްޓައި ބޯހޯލް ތޮރުފުމާއި ޕަންޕިން ސްޓޭޝަނާއި ސީ އައުޓްފޯލް އަދި ރިޖެކްޓް ލައިންވެސް އަޅާފައިވާ ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.