އެމެރިކާގެ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް ޖޯ ބައިޑެން ވާދަނުކުރައްވަން ނިންމަވައިފިއެވެ.
އުމުރުން 81 އަހަރުގެ ބައިޑެން ވިދާޅުވީ، އޭނާ ރިޔާސީ ރޭހުން ވަކިވެވަޑައިގަތުމަކީ ޕާޓީއާއި ގައުމަށްވެސް އެންމެ ރަނގަޅު ގޮތް ކަމަށާއި އަލުން ވެރިކަމުގެ އިތުރު ދައުރަކަށް ކުރިމަތިލީ އަމިއްލައަށް ފެނިވަޑައިގެން ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވަން ނިންމަވައި، ބައިޑެން ވަނީ ޕާޓީގެ ފަރާތުން ވާދަކުރައްވާނެ އާ ކެންޑިޑޭޓަކަށް މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސްގެ ނަން ހުށަހަޅުއްވައިފައެވެ. ނަމަވެސް ޑިމޮކްރެޓުން ރިޔާސީ ކެންޑިޑޭޓް ރަސްމީކޮށް ކަނޑައަޅާނީ އަންނަ މަހު 19 ގައި ޝިކާގޯގައި ބާއްވާ އެ ޕާޓީގެ ކޮންވެންޝަނުންނެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބަށް ހަތަރު މަހަށް ވެފައިވާއިރު ބައިޑަން ރިޔާސީ ރޭހުން ވަކިވެފައި މިވަނީ އަމިއްލަ ޕާޓީއާއި ސަޕޯޓަރުންގެ ގިނަ ބަޔަކު އޭނާއާ ދެކޮޅަށް ތެދުވެފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން މިދިޔަ މަހުގެ ފަހުކޮޅު އެމެރިކާގެ ރިޔާސީ ރޭހުގައި ބައިވެރިވާ ކުރީގެ ރައީސް އަދި އިދިކޮޅު ރިޕަބްލިކަންގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް އާއެކު ބޭއްވި ބަހުސްގައި ބައިޑަންގެ ވާހަކަތަކަށް އެތައް ބަޔަކު ވަނީ ފާޑުކިޔައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ