ޔުނައިޓެޑް އަރަބް އެމިރޭޓްސް، (ޔޫއޭއީން) 2025 ވަނަ އަހަރު އާންމުންނާއެކު ޖައްވު ދައްކާލުމަށް ދަތުރުތައް ފަށަން ނިންމައިފިއެވެ.
ޔޫއޭއީން އެގަ އުމުގެ އާންމުންނާއި އެ ގައުމަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަމާޒުކޮށް ފަށާ އެ ދަތުރުތަކުގައި ހީލިއަމް ބެލޫން ބޭނުންކޮށްގެން ހާއްސަ ކެޕްސޫލެއްގައި ދުނިޔެއަށްވުރެ 40،000 މީޓަރު އުހަށް ދަތުރު ކުރުމަށް ތައްޔާރުވަމުން އަންނަކަމަށް ރިޕޯޓުތައް ބުނެއެވެ.
ޔޫއޭއީން ފެށުމަށް ހަމަޖެހިފައިވާ އެ ދަތުރުތަކުގައި ދުނިޔޭގެ ވަށަމިން ރީއްޗަށް ފެންނަ ހިސާބަށް ދަތުރުކުރާން ވަނީ ނިންމައިފައެވެ.
ޔޫރަޕްގެ ޖައްވީ ދަތުރުފަތުރުގެ ކަންކަމާއި ބެހޭ ކުންފުންޏެއް ކަމަށްވާ އީއޯއެސް-އެކްސް ސްޕޭސް އިން ކުރާ އެ ދަތުރުތަކުގެ އަގަކީ 164،000 އާއި 219،000 އެމެރިކާ ޑޮލަރު ކަމަށް އޮފިޝަލުން ބުނެއެވެ. ކޮންމެ ދަތުރެެއްގައި ހަ މީހުންނާއި ޕައިލެޓެއް ދަތުރުކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ޖައްވަށް ކުރާ ދަތުރުތައް ދުނިޔެއިން ފެށުމަށް ހަމަޖެހިފައިވަނީ ޔޫއޭއީގެ ވެރިރަށް އަބޫދާބީން ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ