ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ތެލުގައި ފެން ހުރި ކަމަށް ބުނާ ވާހަކަ އެ ކުންފުނިން ދޮގުކޮށްފިއެވެ.
އެފްއެސްއެމުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ގއ. މާމެންދޫ އަދި ގއ. ނިލަންދުއަށް ވިއްކި ތެލުގައި ގިނަ އަދަދަކަށް ފެން ހުރި ކަމަށް ބުނެ ރިޕޯޓްކޮށްފައިވާ ހަބަރަކީ ތެދު ހަބަރެއް ނޫން ކަމަށެވެ.
އެ ކުންފުނިން ވިއްކާ ތެލަކީ ކުއަލިޓީ ތެޔޮކަން ޔަގީންކޮށް ދިނުމަށް ފެނަށް ޓެސްޓުކުރެވޭ އިންތިޒާމު ހުރިހާ ބާޖެއްގައިވެސް އަބަދުވެސް ހަމަޖެހިފައި ހުންނާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ތެޔޮ ގަންނަ ފަރާތްތަކަށް ދޭ ކަމަށެވެ.
ތެލުގެ ކުއަލިޓީ ދެމެހެއްޓުމަށް ތެޔޮ ވިއްކާ ފަރާތްތަކުން އެކަމަށް ހެދިފައިވާ ގަވައިދުތަކާ އެއްގޮތަށް ތެޔޮ ރައްކާކުރާ އިންތިޒާމުތައް ތަރައްގީކުރުމަށާއި ކަމާބެހޭ ފަރާތްތަކުގެ ލަފަޔާ އެއްގޮތަށް އަމަލު ކުރުމަށް އެފްއެސްއެމް އިން ވަނީ އިލްތިމާސް ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު