އިންޓަނޭޝަން ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގައި ކުރިއަށްދާ އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމެންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ދަ ގެމްބިއާ ވ. މިޔަންމާ) މައްސަލައަށް ތަދައްހުލްވާން ރާއްޖޭން ހުށަހެޅި ހުށަހެޅުން އެ ކޯޓުން ބަލައިގެންފިއެވެ.
އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މިއަދު ބުނީ އައިސީޖޭގެ ފަނޑިޔާރުންގެ އިއްތިފާގުން ރާއްޖޭގެ ހުށަހެޅުން ބަލައިގަތުމަށް ނިންމާފައިވަނީ މި މަހުގެ ތިންވަނަ ދުވަހު ކަމަށެވެ.
ދިވެހިރާއްޖެ އިން ތަދައްހުލްވުމުގެ ފުރުސަތު ލިބުނު މި މައްސަލައަކީ މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ އަމަލުތަކާ ގުޅިގެން، ދަ ގެމްބިއާ އިން މިޔަންމާއާ ދެކޮޅަށް 11 ނޮވެމްބަރު 2019 ގައި އައިސީޖޭއަށް ހުށަހަޅައިފައިވާ މައްސަލައެކެވެ.
އޭޖީ އޮފީހުން ބުނީ، ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުއާހަދާގެ މާއްދާތައް މަނާކުރުމާ ގުޅޭ ގޮތުން ރާއްޖޭގެ ޑެކްލެރޭޝަން އޮފް އިންޓަވެންޝަންގައި ހުރި ކަންކަމަކީ އައިސީޖޭއަށް ބެލޭނެ ކަންކަމަށް ނިންމާފައިވާ ކަމަށެވެ. އައިސީޖޭ އިން އެގޮތަށް ނިންމާފައިވަނީ، ރާއްޖޭގެ އިންޓަވެންޝަން ބަލައިގަތުމާމެދު މިޔަންމާ އިން އިއުތިރާޒެއް ހުށަހަޅައިވަނިކޮށް ކަމަށްވެސް ބުންޏެވެ.
އޭޖީ އޮފީހުން ބުނީ، ރޮހިންޖާ މުސްލިމުންނަށް އިންސާފު ހޯދައިދިނުމަށާއި ގަތުލު އާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުއާހަދާ ތަންފީޒު ކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި ކުރަމުންދާ މަސައްކަތްތަކައް ރާއްޖެއިން އަބަދުވެސް އެއްބާރުލުންދޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު