މާލޭގައި ހުރި ދޫނި ކޮށްޓެއްގެ ތެރޭގައި ދެ މީހަކު ބަންދުކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މާލޭގެ އާޓިފިޝަލް ބީޗްގެ ފާހާނާ ބަރި ކައިރީގައި ހުރި ދޫނި ކޮށްޓެއްގައި ދިވެހި ދެ ފިރިހެނަކު ބަންދުކޮށްފައިވާ ވީޑިއޯއެއްދަނީ ސޯޝަލް މީޑިއާގައި ދައުރުކުރަމުންނެވެ. އެ ކޮށީގައި އެ މީހުން ތިބީ ހުސް ގަޔާއެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ، އެ ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އާއްމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ކޮށީގައި ތިބި މީހުންނާއި އޭގެ ބޭރުގައި ތިބި ދެ މީހުންނާ މެދު ކޮންމެވެސް ވަރަކަށް މުއާމަލާތް ކުރެއެވެ. އަދި އެ ކޮށީގެ ބޭރުގައި ތިބި މީހުން ދިޔައީ ކޮށި ތެރޭގައި ތިބި މީހުންގެ ގަޔަށް ހޮޅިއަކުން ފެންޖަހަމުންނެވެ.
ވީޑިއޯއިން އިވުނު އަޑުތަަކުން އެނގޭ ގޮތުގައި، އެ މީހުންގެ މެދުގައި ވަނީ ފައިސާގެ ކޮންމެވެސް މައްސަލައެއް ޖެހިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު