އުތުރު ކޮރެއާގެ ޑްރޯންތައް ލޭޒާ ބޭނުންކޮށްގެން ވައްޓާލެވޭނެ ހަތިޔާރު ދެކުނު ކޮރެއާއިން ބޭނުންކުރަން ތައްޔާރުވެއްޖެއެވެ.

ދެކުނު ކޮރެއާގެ އޮފިޝަލުން ބުނީ އެގައުމުން އަލަށް ބޭނުންކުރުމަށް ތައްޔާރުވެފައިވާ ޑްރޯން ވައްޓާލާ ލޭޒާ ހަތިޔާރު އެގައުމުގެ އެކި ސަރަހައްދުތަކުގައި މިއަހަރު ތެރޭ ގާއިމުކޮށް ނިންމާނެ ކަމަށެވެ.

ސްޓާ ވޯސް ޕްރޮޖެކްޓުގެ ނަމުން ނަން ދީފައިވާ އެ ހަތިޔާރަކީ އޭގެން ފޮނުވާ ލޭޒާވެސް ނުފެންނަ އަދި އެއްވެސް އަޑެއް ވެސް ނީވޭނެ ހަތިޔާރެކެވެ. ހަމައެކަނި ކަރަންޓު ބޭނުންކޮށްގެން ފޮނުވާލެވޭ އެ ލޭޒާގެ އަގަކީވެސް ކޮންމެ ހަމަލާއަކަށް 1.45 އެމެރިކާ ޑޮލަރު ކަމަށް އޮފިޝަލުން ބުނެއެވެ.

1950 ގެ އަހަރުތަކުން ފެށިގެން ދެ ކޮރެއާ ދެމެދު ހަމަނުޖެހުން އުފެދި، ދެ ގައުމުގެ ދެމެދު ހަނގުރާމަ ކުރަމުންދާ އިރު، ފަހަކަށް އައިސް އެ މައްސަލަ ވަނީ އިތުރަށް ހޫނުވެފައެވެ.