މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޗެއާމަން އަކަށް މަޓާޓޯގެ ރައީސް ހ. ލޭޑީބާރޑްއާގެ، އަބުދުﷲ ގިޔާސް ރިޔާޒް އައްޔަންކޮށްފިއެވެ.
ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން "އެކްސް" ގައި ދެންމެ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޗެއާމަން އަކަށް ގިޔާސް އައްޔަންކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން އެ ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަގާމަށް މިއަދު ގިޔާސް އައްޔަންކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މަޓާޓޯގެ ރައީސްކަމަށް ގިޔާސް އައްޔަންކުރީ 2022 ވަނަ އަހަރުއެވެ. އޭނާ މީގެކުރިން ވަނީ މަޓާޓޯގެ ނައިބުރައީސްކަން ވެސް ކުރައްވައިފައެވެ.
އެމްއެމްޕީއާރްސީއަށް އިޔާސް އައްޔަނުކޮށްފައި މި ވަނީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުން މުހައްމަދު ބައްސާމު އާދަމް އާއި އެ ކުންފުނީގައި އެންމެ ގިނަ ދުވަސްވީ މުވައްޒަފުގެ ގޮތުގައި ހިމެނޭ އިބްރާހިމް އާސިމް ވަކި ކުރިތާ ހަފުތާއެއްހާ ދުވަހުގެ ތެރޭގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު