ފާނަބަސަންތު އަދި ހޭންޑް ފުޓް އެންޑް މައުތު ބަލި ޖެހިގެން ރިޕޯޓު ކުރި އަދަދު އިތުރުވެއްޖެއެވެ.

ހެލްތް މިނިސްޓްރީން މިއަދު ބުނީ ފާނަބަސަންދު ޖެހިގެން މިދިޔަ މަހުގެ 23 އިން 29 އަށް 94 ކޭސް ރިޕޯޓްކުރި ކަމަށާއި މިދިޔަ މަހުގެ 30 އިން މިމަހުގެ ހައެކަށް 107 ކޭސް ރިޕޯޓު ކުރި ކަމަށެވެ.

އެންމެ ގިނައިން ފާނަބަސަންދު ޖެހިގެން ރިޕޯޓްކުރީ މާލެ ސަރަހައްދުގެ އިތުރުން ޅ. އަދި އައްޑޫ އަތޮޅުން ކަމަށް ހެލްތުން ބުންޏެވެ.

އޭގެ އިތުރުން މިދިޔަ ޖޫން މަހުގެ 23 އިން 29 އަށް ހޭންޑް ފުޓް އެންޑް މައުތު ޖެހިގެން 11 ކޭސް ރިޕޯޓު ކަމަށާއި މިދިޔަ މަހުގެ 30 އިން މިމަހުގެ ހައެކަށް 35 ފަސް ކޭސް ރިޕޯޓު ކުރި ކަމަށެވެ.

އެންމެ ގިނައިން ހޭންޑް ފުޓް އެންޑް މައުތު ޖެހިގެން ރިޕޯޓުކުރީ މާލެ ސަރަހައްދުގެ އިތުރުން އދ. އަތޮޅުން ކަމަށް ހެލްތުން ބުންޏެވެ.

ލޮލު ރޯގާ ޖެހިގެން މިދިޔަ މަހުގެ 23 އިން 29 އަށް 407 ކޭސް ރިޕޯޓް ކުރި ކަމަށާއި މިދިޔަ މަހުގެ 30 އިން މިމަހުގެ ހައެކަށް 337 ކޭސް ރިޕޯޓު ކުރި ކަމަށެވެ.

ލޮލު ރޯގާ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކުރީ މާލެ ސަރަހައްދުގެ އިތުރުން ލ އަދި ޏ އަތޮޅުން ކަމަށް ހެލްތުން ބުންޏެވެ.