ސައުދީ އަރަބިއާގައި ކަރަންޓު ކޭބަލް ވަގަށް ނެގި ބަޔަކު 10 އަހަރަށް ޖަލަށްލައިފިއެވެ.
ސައުދީގައި މަސައްކަތް ކުރާ ބޭރުގައުމުތަކުގެ ބަޔަކު ހިންގި އެ ވައްކަމުގައި އެމީހުން ވަނީ ކަރަންޓު ކޭބަލްގެ އިތުރުން ކޮޕާ ކޭބަލްތަކެއްވެސް ވަގަށް ނަގާފައިކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
މި ވައްކަން ކޮށްފައި ވަނީ 8 މީހަކު ހިމެނޭ ގުރޫޕަކުންނެވެ.
ތަހުގީގުން ވަނީ އެމީހުން ވަގަށް ނެގި ކޭބަލްތައް އެމީހުން ކުއްޔަށް އުޅޭތަނަށް ގެންގޮސް ވިއްކުމަށް ތައްޔާރު ކޮށްފައިކަމަށް ހޯދިފައިކަމަށް ރިޕޯޓުތައް ބުނެއެވެ.
ހުކުމުގައި ވަނީ އެމީހުން 10 އަހަރަށް ޖަލަށް ލުމުގެ އިތުރުން ވަގަށް ނެގުމުގެ ސަބަބުން އެ ކޭބަލްތަކުގެ ވެރިފަރާތަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށާއި އެ 8 މީހުންގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން އެމީހުން ސައުދީން ޑީޕޯޓު ކުރުމަށް އަމުރުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ