ދިހަ މީހުންނާއެކު ދަތުރުކުރަމުން ދިޔަ ދޯންޏެއް ފަރަށް އަރައިފި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން މިއަދު މީޑިއާތަކަށް ބުނީ ރޭ ދަންވަރު ނ. ލޯފަރު ފަރަށް އަރައި ދިޔަވާތީ، އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.
އެއީ ށ. ވަނގާރުން މާލެ ދަތުރުކުރި 'ނަސްފަރު' ނަމަކަށް ކިޔާ ދޯންޏެއް ކަމަށާއި އެ ދޯނީގައި 75 ފޫޓު ހުންނާނެ ކަމަށާއި އެ ދޯނި ދަތުރުކުރީ 10 މީހުންނާއެކު ކަމަށްވެސް އެމްއެންޑީއެފުން މައުލޫމަތު ދެއެވެ.
އެމްއެންޑީއެފް މީޑިޔާ އޮފިޝަލް "ވަން" އަށް ވިދާޅުވީ އެ ދޯނި ފުން ކުރުުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ދޯންޏަކީ ކުނި އުފުލާ ދޯންޏެއް ކަމަށެވެ. އަދި އެ ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށާއި އެމީހުން މިހާރުވަނީ ނ. ހޮޅުދޫއަށް ގެންގޮސްފައި ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު