ޓްރީ ޓޮޕް ހޮސްޕިޓަލުން ގއ. ވިލިނގިލީގައި މަލްޓި ސްޕެޝަލްޓީ ހެލްތް ކޭމްޕެއް ބާއްވައިފިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން މިއަދު ބުނީ މިދިޔަ ހުކުރު އަދި ހޮނިހިރުގައި ކުރިއަށް ގެންދިޔަ އެ ހެލްތް ކޭމްޕުގައި 317 މީހުން ބައިވެރިވެ، ޑޮކްޓަރަށް ދެއްކި ކަމަށެވެ. ޑޮކްޓަރަށް ދެއްކި މީހުންގެ ތެރޭގައި ވިލިނގިލީގެ އިތުރުން އެ އަތޮޅުގެ މާމެންދޫ، ކޮލަމާފުށި، ގެމަނަފުށި، ދާންދޫ، ކޮނޑޭ، ނިލަންދޫ އަދި ކަނޑުހުޅުދޫންވެސް ހިމެނޭ ކަމަށް ބުންޏެވެ.
ޓްރީ ޓޮޕުން ބުނީ، ކޭމްޕުގެ ތެރެއިން ޑޮކްޓަރަށް ދެއްކުމާއި ބަލިތައް ދެނެގަތުމާއި ސިއްހީ ހޭލުންތެރިކަމާއި އަދި އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ފަރުވާގެ މައުލޫމާތު އާންމުންނާއި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި ހިއްސާކުރި ކަމަށެވެ.
"މިއީ މާލެ އިން ދުރު ރަށްރަށުގައި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދައްކަން ބޭނުންވެފައިވާ ފަރާތްތަކަށް ވަރަށް މުހިންމު ހަރަކާތެއް. އެއީ މާލެއަށް ދަތުރުކުރުމަށް ހޭދަވާ ވަގުތާއި ހަރަދު ސަލާމަތްކުރެވި، ފަސޭހަ އިން ސްޕެޝަލިސްޓް ޑަކްޓަރުންނަށް ދެއްކޭތީ" ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސްން ސްރިދާރް ޖީ ވިދާޅުވިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ އެ ކޭމްޕު ކުރިއަށް ގެންދިއުމަށް ގއ. އަތޮޅު ހޮސްޕިޓަލާއި ރަށު ކައުންސިލުން ދިން އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.
- ޑރ. އަބްދުލް އަޒީޒް (ކޮންސަލްޓަންޓް އިންޓާވެންޝަނަލް ކާޑިއޮލިޖިސްޓް)
- ޑރ. ޗަންދްރަޝޭކަރު ރަވާލް (ކޮންސަލްޓަންޓް އީއެންޓީ ސްޕެޝަލިސްޓް)
- ޑރ. މުހައްމަދު ހަބީބް (ކޮންސަންޓަންޓް އޮތޯޕިއަޑިކްސް އެންދް ޓްރައުމާ ސާޖަން)
- ޑރ. އަލީ މުޒްނީ (ކޮންސަންޓަންޓް އޮތޯޕިއަޑިކްސް އެންދް ޓްރައުމާ ސާޖަން)
ޓްރީ ޓޮޕް ހޮސްޕިޓަލުން ކޮންމެ އަހަރުކެވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަލްޓި ސްޕެޝަލްޓީ ހެލްތް ކޭމްޕްތައް ބާއްވައެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު އެހެން ސަރަހައްދުތަކުގައިވެސް އެފަދަ ކޭމްޕުތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުން މިހާރުވެސް އަންނަނީ އެންމެފަހުގެ ވަސީލަތްތަކާއެކު ތަފާތު ހިދުމަތްތައް ތައާރަފު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު