ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ކްލީން މޯލްޑިވްސް އާއި ދިރާގު ގުޅިގެން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި 1،000 ގަސް އިންދުމުގެ ބޮޑު ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.
ކްލީން މޯލްޑިވްސްއިން ބުނީ ގަސް އިންދުމުގެ އެ ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި ހަވަނަ ދުވަހު ކަމަށެވެ. އެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "ގޯގްރީން" ނަމުގައި ކަމަށްވެސް ބުންޏެވެ.
ކްލީން މޯލްޑިވްސް އިން ބުނީ، ގޯ ގްރީން ކެމްޕެއިނުގެ މަގުސަދަކީ ރާއްޖެ ފެހިކުރުމާއި މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.
މި އަހަރުގެ މި ހަރަކާތްތައް ޝަރަފްވެރި ކޮށްދެއްވާނީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމްއެވެ.
މީގެ އިތުރުން އެޗްޑީސީ، އައިކެއާ، ހާޑްރޮކް ހޮޓެލް، އެމްޓީސީސީ އާއި އޭޝިޔާ ފޯވަޑިން އަދި އެހެން ޖަމިއްޔާތަކާއި އޮފީސްތަކުގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ބައިވެރިވާނެ ކަމަށްވެސް ކްލީން މޯލްޑިވްސް އިން ބުންޏެވެ.
ގޯ ގްރީން އިވެންޓްގެ މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ޚަބަރު
ޚަބަރު
ޚަބަރު