އަންހެނެއްގެ ބޮލުގައި ގަލަކުން ޖަހާ، ޒަހަމް ކޮށްލި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ ގއ. ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގަލަކުން ޖަހައި، މާރާމާރީ ހިންގި މައްސަލައެއް ރޭ ދަންވަރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާވެފައި ވަނީ 46 އަހަރުގެ އަންހެނަކަށެވެ. އޭނާއަށް ގއ. އަތޮޅުގެ ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފައެވެ.
މި މައްސަލައިގައި އުމުރުން 32 އަހަރު ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ.
މައްސަލަ ފުލުހުން ގެންދަނީ ބަލައި ތަހުގީގު ކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މަސްވެރިޔާ އަލީ ސާޖިދުއެވެ. އޭނާއަކީ މަސްވެރިންގެ ހައްގުގައި އަޑު އުފުލަމުންދާ ސޯޝަލް މީޑިއާގެ އެކްޓިވިސްޓެކެވެ. އަދި މި ފަހުން ވިލިނގިލީގައި ކުޑަކުއްޖަކަށް ގަނާ ކުރަމުންދާ މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިކޮށް، އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ވެސް ގެނެސްފައިދީވަނީ ސާޖިދެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު