ލ. ދަނބިދޫގައި އަންހެނަކު މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ދަނބިދޫ އިރުމަތީ ފަރާތު މޫދުގައި މީހަކު އޮޔާ ދަނިކޮށް ފެނުނު ކަމުގެ ރިޕޯޓެއް މިއަދު ހަވީރު 04:55 ހާއިރު ލިބުނު ކަމަށެވެ. އަދި ހެލްތު ސެންޓަރަށް އެ މީހާ ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި މަރުވެފައިވަނީ އެ ރަށު/ ނިޔަންދުރުމާގެ، އަމިނަތު އުމަރު ނަމަކަށް ކިޔާ އުމުރުން 65 އަހަރުގެ އަންހެނެކެވެ. ހާދިސާ އާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.