ހުޅުމާލޭގެ ދެވަނަ ފިޔަަހީގައި ހުންނަ ވިނަރެސް ފްލެޓްތަކަށް ވަންނަ ދޮރާށިތަކަށް ގެއްލުންދޭތީ އެތަންތަނުގެ އެކްސެސް ކޮންޓްރޯލް ސިސްޓަމް ވަގުތީ ގޮތުން ނިއްވާލައިފިއެވެ.
ވިނަރެސް ޓަވަރުތަކުގެ ތިރީ ދޮރުތަކުގައި އެކްސެސް ކޮންޓްރޯލް ސިސްޓަމް ހަރުކޮށް، ޓެގު ޖަހައިގެން ވަދެވޭ ގޮތް ހަދާފައިވަނީ މީގެ ތިން ދުވަސް ކުރިންނެވެ.
ސޯޝަލް މީޑިއާ އެކްސްގައި އެޗްޑީސީން ހިންގާ "މައިހުޅުމާލެ" ހޭންޑުލް އިން ކުރި ޕޯސްޓެގައި ބުނީ، ވިނަރެސްގެ ތިރީ ދޮރުތަކަށް ބަޔަކު ގަސްތުގައި ގެއްލުންދީ ހަލާކުކޮށްލާފައިވާ ކަމަށާއި މިއަދު މެންދުރު ފަހުން ފެށިގެން އެކްސެސް ކޮންޓްރޯލް ސިސްޓަމްގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.
"ވިނަރެސްގައި އުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިފަދަ ގަބޫލުނުކުރެވޭ އަމަލުތަކުން ދުރުހެލިވުމަށް އިލްތިމާސްކުރަން" އެ ޕޯސްޓުގައި ބުންޏެވެ.
ވިނަރެސްގެ ދޮރުތަކަށް ގެއްލުންދިން މައްސަލަ ފުލުހުންވެސް އަންނަނީ ބަލަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު