މިޔަރެއް ދިން ހަމަލާއެއްގައި ޕައިރެޓްސް އޮފް ދަ ކެރީބިއަންގެ ތަރި ޓަމަޔޯ ޕެރީ މަރުވެއްޖެއެވެ.
ޓަމަޔޯ ޕެރީ އަށް މިޔަރު ހަމަލާ ދީފައިވަނީ އޭނާ ހަވާއީގައި ރާޅާ އަޅަނިކޮށް ކަމަށް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މިދިޔަ އާދިއްތަ ދުވަހު ހިނގި އެ ހާދިސާގައި އުމުރުން 49 އަހަރުގެ ޕެރީ މަރުވެފައިވަނީ ހަވާއީގެ މަލައެކާހަނާ ބީޗުގައި ރާޅާ އަޅަނިކޮށް މިޔަރު ދިން ހަމަލާއާ ގުޅިގެން، ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ޕެރީ ވަނީ ޕައިރެޓްސް އޮފް ދަ ކެރީބިއަންގެ ހަތަރުވަނަ ފިލްމް ''އޮން ސްޓްރޭންޖާ ޓައިޑްސް''ގައި އިސް ރޯލަކުން ފެނިފައެވެ. ޕެރީ ވަނީ ލޮސްޓްގެ އިތުރުން ހަވާއީ ފައިވް ފަދަ ފިލްމްތަކުގެ ސައިޑް ރޯލުން ވެސް ފެނިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ