ގެެއްލިގެން ހޯދަމުންދާ ފުވައްމުލަކު ޒުވާނާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ ގެއްލިގެން ހޯދަމުންދާ ފުވައްމުލަކު ސިޓީ ދިގުވާޑު/ އެފްރޯގެ، އަހުމަދު އިޔާޒް ވަސީމް، 24އ. އަދިވެސް ނުފެންނަ ކަމަށެވެ. އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އިޔާޒް އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 14 ވަނަ ދުވަހު ކަމަށް އާއިލާ އިން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ވަނީ އިޔާޒްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހެންވޭރު ފުލުހުންގެ ސްޓޭޝަން ނަމްބަރު 9400053 އަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.