އޮންލައިން ނޫސް "މިހާރު"ގެ އެޑިޓަރު އިސްމާއިލް ނަސީރު ،47އ. އަށް މޭޖާ ސްޓްރޯކެއް ޖެހިގެން ފަރުވާދޭން ފަށައިފިއެވެ.
އިސްމާއިލަށް ސްޓްރޯކެއް ޖެހުނީ އީދު ޗުއްޓީއަށް އާއިލާއާ އެކު ބ. އޭދަފުއްޓަށް ގޮސް ހުއްޓައި އިއްޔެ ވަގުތެއްގައެވެ. އޭނާ އިތުރު ފަރުވާއަށް މާލެ ގެނައީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
މިވަގުތު އިސްމާއިލަށް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދާއިރު ހާލު ސީރިއަސްއެވެ.
އާފަތިސް ނޫހުން ނޫސްވެރިކަމަށް ނުކުތް އިސްމާއިލް ނޫސްވެރިކަމުގައި ހިދުމަތްކުރާތާ މިހާރު 28 އަހަރު ވެެއްޖެއެވެ. އޭނާ ވަނީ، ހަވީރު ނޫހުގެ މެނޭޖިން އެޑިޓަރުކަންވެސް ކޮށްފައެވެ.
އިސްމާއިލަށް ނޫސްވެރިކަމުގެ ރޮނގުން އާއްމު ހިދުމަތުގެ އިނާމާއި "ރަން ގަލަން" ވެސް ލިބިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު