މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ރަނގަޅުވާން އެދިފައިވާ ހަތް މީހަކު އެންޑީއޭއާ ހަވާލުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ހޯމްލޭންޑް މިނިސްޓްރީގެ އިސްނެގުމާ އެކު ފުލުހުން ސެކިއުރިޓީ ބަލަހައްޓާ ގޮތަށް ޑްރަގް އޮފެންޑް ރިމާންޑް ސެންޓަރު ހިންމަފުށީ ޑީޓީއާރްސީގައި އެންޑީއޭއިން އަލުން ހިންގަން ފަށައިފައިވާ ކަމަށެވެ.
އެގޮތުން، މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ރަނގަޅުވާން އެދިފައިވާ ހަތް މީހަކު މި މަހުގެ 15 އިން 21 އަށް ފުލުހުންގެ ފަރާތުން އެންޑީއޭއާ ހަވާލުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
މަސްތުވާތަކެތީގެ މައްސަލައިގައި ފަރުވާއަށް ހުކުމްކޮށް، ފަރުވާ ނުލިބި އެތައް ބަޔަކު އެބަ ތިއްބެވެ.
ޚަބަރު
ޚަބަރު
ޚަބަރު