މާލެއިން ގެއްލުނު 14 އަހަރުގެ ކުއްޖަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނީ މ. އެނބޫމާގެއާގެ، ހަދީޖާ ޔަލްވީ (14އ) ކަމަށެވެ.

އޭނާ ހޯދަމުންދަނީ އާއިލާއަށް ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ ކަމަށްވެސް ފުލުހުން ބުންޏެވެ.

ހަދީޖާ ޔަލްވީ އެންމެ ފަހުން ފެނިފައިވަނީ ޖޫން 14 ވަނަ ދުވަހު، ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށްވެސް ބުންޏެވެ.