މާލޭގައި ހުންނަ ލަގްޒަރީ ފިހާރައެއް ކަމަށްވާ "ސޮރީ ބޯއީސް" ފަޅާލައިގެން ވަގަށް ގެންދިޔަ ބައެއް ތަކެތި ފުލުހުން ހޯދައިފި އެވެ.
ފުލުހުން މިއަދު ބުނީ މާފަންނުގައި ހުންނަ "ސޮރީ ބޯއީސް" ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލި މައްސަލަ އެ އިދާރާއަށް ރޭ ދަންވަރު 3:45 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ނަމަވެސް މަޖީދީމަގުގައި ނަލަހިޔާ ކުރިމަތީގައި ހުންނަ މި ފިހާރައިން ގެއްލުނު ތަކެތި ހޯދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އިތުރު ތަފްސީލެއް ނުދެއެވެ، ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު