އެއާ އިންޑިއާ ފްލައިޓެއްގައި ދިން ކާތައްޓެއްގެ ތެރެއިން ތޫނު ތިލައެއް ފެނިއްޖެއެވެ.

ބެންގަލޫރުން ފުރައިގެން އެމެރިކާގެ ސަންފްރެސްކޯއަށް ދަތުރު ކުރި އެއާ އިންޑިއާ ފްލައިޓަކުން ފުރި ފަސެންޖަރަކު ވަނީ އޭނާއަށް ފަޅުވެރިން ދިން ކާތަށިތެރެއިން ތޫނު ތިލައެއް ފެނިފައިވާކަމަށް ބުނެ އެވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

އެ ފަސިންޖަރު ވަނީ އޭނާއަށް އެތިލަ އަނގައަށް ލެވުނު ކަމަށާއި ޝައްކު ވުމުން ނެގީ ކަމަށް ބުނެފައެވެ. އަދި އެކަމުގެ ސަބަބުން އެއްވެސް އަނިޔާއެއް ވެފައި ނުވާކަމަށްވެސް އެމީހާ ވަނީ ބުނެފައެވެ.

އެ ހާދިސާގެ މައުލޫމާތު ލިބުމުން އެއާލައިނުން ވަނީ އެއީ ތަރުކާރީ ކޮށުމަށް ބޭނުންކުރާ މެޝިނުގެ ތިލައެއް ކަމަށް ބުނެފައެވެ.

އެއާ އިންޑިއާއިން ވަނީ އެއީ ފަސިންޖަރުންނަށް އެ އެއާލައިނުން ދޭ ހިދުމަތަށްވުރެ ދަށް ހިދުމަތެއް ކަމަށް އެއްބަސްވެ އެކަމުގައި އެޅިދާނެ ފިޔަވަޅަކާއި މެދު ވާހަކަ ދެއްކުމަށް އެއާލައިނަށް މެސެޖު ކުރުމަށް އެދިފައެވެ. އަދި މިކަން ހިނގި ގޮތް ބަލަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.