އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ބޮޑު އީދާ ދިމާކޮށް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފިއެވެ.
އުރީދޫން ބުނީ އީދުގެ އުފާވެރި މުނާސަބަތުގައި މުވާސަލާތީ ގޮތުން އެންމެން ގުޅިފައި ތިބުމަކީ މުހިންމު ކަމެއް ކަމަށެވެ.
އީދާ ދިމާކޮށް ތައާރަފު ކުރި އެކްސްކްލޫސިވް އީދު ޕްރޮމޯޝަންތަކުގެ ތެރޭގައި ބޯނަސް ޑޭޓާ އޮފާ، ގިފްޓިން އޮޕްޝަންސް އަދި ޕެކް އެކްޓިވޭޓްކޮށްގެން އަގު ހުރި އިނާމު ލިބޭނެ ގޮތްތައް ވެސް ހިމެނޭ ކަމަށް އުރީދޫން ބުންޏެވެ.
އީދު ހަދިޔާއެއްގެ ގޮތުގައި އުރީދޫގެ ހުރިހާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 350 ރުފިޔާ އާއި އެއަށްވުރެ މަތީގެ ޕެކްތައް އެކްޓިވޭޓްކުރުމުން 60 ޕަސަންޓްއާ ހަމައަށް ބޯނަސް ޑޭޓާ ލިބިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.
ގިފްޓް އަ ޕެކް އުރީދޫގެ ގިފްޓް އަ ޕެކް މެދުވެރިކޮށް ފޮނުވާ ޑޭޓާ ޕެކްތަކަށް އުރީދޫގެ ފަރާތުން އިތުރު އެއް ޖީބީ ހިލޭ ލިބިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ. ރައްޓެހިންނާއި އާއިލާއަށް ހަދިޔާއެއްގެ ގޮތުގައި އެ އީދުގައި ޑޭޓާ ޕެކްއެއް އުރީދޫ މެދުވެރިކޮށް ފޮނުވާލެވެން ހުންނާނެ ކަމަށް އުރީދޫން ބުންޏެވެ.
މީގެ އިތުރުން އުރީދޫން ބުނީ އެކްޓިވޭޓް އެންޑް ވިން ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ އެކްޓިވޭޓް އެންޑް ވިން ޕްރޮމޯޝަނުގައި 500 ރުފިޔާ އާއި އެއަށްވުރެ މަތިން ޕެކެއް އެކްޓިވޭޓްކޮށް، އަގުހުރި އިނާމުތައް ލިބޭނެ ނަސީބުވެރިން ގުރުއަތުން ހޮވާނެ ކަމަށެވެ.
- - 100 ޖީބީ ޑޭޓާ އާއި އުރީދޫ ނަންބަރުތަކަށް ހިލޭ ވޮއިސް ކޯލް 100 ރުފިޔާއަށް، 3 ދުވަހުގެ ވެލިޑިޓީއަކާއެކު
- - 100 ޖީބީ ގެ އިތުރަށް 50 ޖީބީގެ ބޯނަސް ޑޭޓާ އާއި އުރީދޫ ނަންބަރުތަކަށް ހިލޭ ވޮއިސް ކޯލް 150 ރުފިޔާއަށް، 5 ދުވަހުގެ ވެލިޑިޓީއަކާ އެކު
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި