ތ. ކިނބިދޫ ނެރު ފަސްގަނޑަށް ލޯންޗެއް އަރައި އެކްސިޑެންޓްވެއްޖެއެވެ.
ކެއެވނވެވުމުގެ ސަބަބުން ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ މިއަދު 17:00 އެހާކަންހާ އިރު "ވެލިމާ" ނަމަކަށް ކިޔާ ލޯންޗެއް ކިނބިދޫ ނެރު ފަސްގަނޑަށް އަރައި އެކްސިޑެންޓްވެފައިވާ ކަމަށް ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެ ލޯންޗުގައި ތިބީ ތިން މީހުން ކަމަށާއި އޭގެ ތެރެއިން ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިހާދިސާގައި ލޯންޗަށްވެސް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި މިއީ މި ލޯންޗުގެ ދެވަނަ ދަތުރެވެ.
ޚަބަރު
ޚަބަރު
ޚަބަރު