ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު، ޝެޑުތަކުން ވިއްކާ އަގަށް ހެޔޮކޮށްފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އެކްސްގައި ރޭ ދަންވަރު ކުރި ޕޯސްޓެއްގައި ބުނީ، އެ ބަދަލު ގެނައީ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން މެނިފެސްޓޯގައިވާ ވައުދުފުޅުތައް ފުއްދެވުމަށް ކަމަށެވެ.
ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ޝެޑުތަކުގެ އަގަށް ހެޔޮކޮށްފައިވާ އިރު، މިހާރުވެސް މިފްކޯގެ މަސް ކާރުހާނާތައް ހުންނަ ރަށްރަށުން މަސްވެރިންނަށް ޑީސަލް ފޯރުކޮށްދެމުން ދަނީ ހާއްސަ އަގެއްގައެވެ.
އެފްއެސްއެމްގެ ތެޔޮ ސްޓޭޝަންތަކުން ޑީސަލް ލީޓަރެއްގެ މިހާރު ވިއްކަނީ 13.92 ރުފިޔާ އަށެވެ.
މަސްވެރިންނަށް ހުޅުމާލެއިން ވިއްކާ ޑީސެލްގެ އަގު ހެޔޮކޮށްފާވާއިރު، އިއްޔެ ބޮޑުކަންނެލީގެ މަސްވެރިން ވަނީ މާލޭ އެއް ނަންބަރު ޖެޓީ އާއި ހުޅުމާލޭގެ ކަންނެލި ޖެޓީގައި އިހުތިޖާޖު ކޮށްފައެވެ. ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން އިސް ނަގައިގެން ގިނަ އަދަދެއްގެ ކަންނެލި ދޯނިތަކާ އެކު އިއްޔެ ހެނދުނު ފެށި އެ އިހުތިޖާޖު ނިންމައިލީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު